ޑީސީ ހެޑް އަދި ޑައިރެކްޓަރު ޖޭމްސް ގަން އޭނާގެ އަންނާން އޮތް ފިލްމު "ސުޕަމޭން" ގެ އާ ޓްރެއިލާ ދައްކައިލައިފިއެވެ. ޑޭވިޑް ކޯރެންސްވެޓް ސުޕަމޭންގެ ރޯލުން ފެންނަ މި ފިލްމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިވެފައެވެ.

މި ފިލްމުގެ ކުރީގެ ޓްރެއިލާ 250 މިލިއަން ފަހަރު ބަލާފައިވެއެވެ. އާ ޓްރެއިލާގައި ސުޕަމޭން އަށް ވަނީ އާންމުންގެ ފާޑުކިޔުމާ ކުރިމަތިވެފައެވެ. ލޯއިސް ލޭންގެ ރޯލުން ފެންނަނީ ރޭޗެލް ބްރޮސްނަހަން އެވެ.

https://youtu.be/Ox8ZLF6cGM0?si=qIc45H6yHEqBRRLI

މި ފިލްމުގައި ނިކޮލަސް ހޯލްޓް، ސްކައިލަރ ގިސޮންޑޯ އަދި ނޭތަން ފިލިއަން ފަދަ ތަރިން ބައިވެރިވެއެވެ. މިއީ 10 އަހަރަށްފަހު ނެރޭ ފުރަތަމަ ސުޕަމޭން ފިލްމެވެ. ރޭޗެލް ބްރޮސްނަހަން ބުނާ ގޮތުގައި އޭނާ އަބަދުވެސް ލޯއިސް ލޭންގެ ކެރެކްޓަރަށް ލޯބިކުރެއެވެ.

ޓްރެއިލާގައި ސުޕަމޭން ހަނގުރާމައެއް ހުއްޓުވުމަށްފަހު އާންމުންގެ ފާޑުކިޔުމާ ކުރިމަތިވާ މަންޒަރު ފެނެއެވެ. އަދި ލެކްސް ލޫތަރާ ދެކޮޅަށް ހަނގުރާމަކުރާ މަންޒަރުވެސް ފެނެއެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.