ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން 60 އަށްވުރެ ޓީމާއެކު މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތައް ލިބޭ ގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 64 ޓީމަކުން ފޯމު ހުށަހެޅި ކަމަށެވެ.
މަސްރޭސް ކުރިއަށްދާނީ މާދަމާގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ. ރޭހުގެ އެއްވަނަ ޓީމަށް 21،000 ރުފިޔާ ދޭން ނިންމާފައިވާއިރު އެންމެ ބޮޑު މަސް ބާނާ މީހަކަށާއި އެންމެ މޮޅު ކެޔޮޅަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާއެވެ.
މަސް ރޭސް ކުރިއަށްދާ ވަގުތު ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހާއްސަ ހަރަކާތެއްވެސް ކުރިއަށްދާނެއެވެ. ރޯލާ ބްލޭޑާސްއާއި ސްކޭޓް ބޯޑާސް އަދި ސްކޫޓާ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ.
އެ ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރުފަހު 2:00 އެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ