ގޫގުލް އިން އެ ކުންފުނީގެ މަޝްހޫރު "ޖީ" ލޯގޯއަށް ބަދަލުތަކެއް ގެނެސްފިއެވެ. މިއީ 10 އަހަރަށްފަހު މި ލޯގޯއަށް ގެނެވުނު އެންމެ ބޮޑު ބަދަލެވެ.
އާ ލޯގޯގައި ރަތް، ރީނދޫ، ފެހި އަދި ނޫ ކުލަ ގްރޭޑިއެންޓް އުސޫލުން ބޭނުންކޮށްފައިވެއެވެ. މި ބަދަލު މިހާރު ފެންނަނީ އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކުގައެވެ. މި ބަދަލު ގެނެވިފައިވަނީ ގޫގުލްގެ އޭއައިގެ އިސްނެގުންތަކާ ގުޅުވައިގެން ކަމަށް ޓެކް ޚަބަރުތައް ބުނެއެވެ.
ގޫގުލްގެ މައި ވޯޑްމާކަށް އަދި ބަދަލެއް ގެނެސްފައެއް ނުވެއެވެ. ކްރޯމް އަދި މެޕްސް ފަދަ އެހެން ޕްރޮޑަކްޓްތަކުގެ ލޯގޯތަކަށް ބަދަލު ގެންނާނެކަން އަދި އިއުލާނުކޮށްފައެއް ނުވެއެވެ. މީގެ ކުރީން "ޖީ" ލޯގޯއަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ 2015 ގައެވެ.
ގޫގުލްގެ މިއާ ލޯގޯ އިތުރު ޕްލެޓްފޯމްތަކުގައި ފެންނާން ފަށާނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް