އިންޑިއަން އައިޑޮލް 12 ކާމިޔާބު ކުރި ޕަވަންދީޕް ރާޖަންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އޭނާއަށް ފަރުވާ ކުރަމުން އަންނަ ފޯޓިސް ހޮސްޕިޓަލުން ބުނެފިއެވެ.

ޕަވަންދީޕްގެ ކާރު އެކްސިޑެންޓް ހިނގީ 5 މެއި ގައި އަމްރޯހާގައެވެ. ލިބުނު އަނިޔާތަކާ ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އެ އެކްސިޑެންޓްގައި އިތުރު ދެ މީހަކަށްވެސް އަނިޔާވެފައި ވެއެވެ. ޕަވަންދީޕް މިހާރު ވަނީ އައިސީޔޫއިން ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައެވެ.

އޭނާ ވަނީ ހޮސްޕިޓަލްގައި ލަވަކިޔާ ވީޑިއޯއެއް އަމިއްލަ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ހޮސްޕިޓަލުގައި ކިޔާފައިވާ ލަވައަކީ "މޭރާ ސާޔާ ސާތް ހޯގާ" މި ލަވައެވެ.

https://www.instagram.com/reel/DJl0QR3TI3M/?igsh=eDJkMmZtZDNrc2ky

ޕަވަންދީޕްގެ ވީޑިއޯއަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެއެވެ. އެކްޓަރު، ސައީ މަން މަންޖްރޭކަރް އަދި އަނޫޕް ސޯނީވެސް ވަނީ ޕަވަންދީޕަށް ހެޔޮއެދުންތައް ފޮނުވައިފައެވެ.

އޭނާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވެއެވެ. ގިނަ ބަޔަކު ވަނީ އޭނާގެ ހިތްވަރަށް ތައުރީފު ކޮށްފައެވެ.