މަޝްހޫރު އެކްޓަރު ނިކޮލަސް ކޭޖް "ސްޕައިޑަރ-ނުވާރ" ނަމަކަށް ކިޔާ ލައިވް-އެކްޝަން ސީރީޒެއްގައި ބައިވެރިވާން ނިންމައިފައެވެ. މި ސީރީޒް އޯޓީޓީގައި ދައްކަން ފަށާނީ އަންނަ އަހަރު އެވެ.
ނިކޮލަސް ކޭޖް ކުރިން ވަނީ އެނިމޭޓެޑް ފިލްމަކަށް ސްޕައިޑަރ-ނުވާރގެ އަޑު އަޅައިދީފައެވެ. މި ސީރީޒްގެ ފުރަތަމަ މަންޒަރުގައި ނިކޮލަސް ކޭޖް ފެންނަނީ ހުދު ގޮގަލްސް އަޅައިގެންނެވެ. މި ސީރީޒް ބިނާވެފައިވަނީ 1930 ގެ ނިއު ޔޯކްގެ މައްޗަށެވެ.
މި ސީރީޒް ބްލެކް އެންޑް ވައިޓް އަދި ކުލަކޮށް ވެސް ނެރޭން ވަނީ ނިންމައިފައެވެ. ލީކްވި ޓީޒަރެއްގައި ސްޕައިޑަރ-ނުވާރ ފެންނަނީ މާރާމާރީ ހިންގާ މަންޒަރެއްގައެވެ. މި ސީރީޒްގައި ސްޕައިޑަރ-ނުވާރ އަކީ އުމުރުން ދުވަސްވެފައިވާ ޕްރައިވެޓް އިންވެސްޓިގޭޓަރެކެވެ.
މި ސީރީޒަކީ އެހެން ސްޕައިޑަމޭން ފިލްމުތަކާ ތަފާތު، ނުވާރ ޖާންރާގެ ސީރީޒެކެވެ. މިއީ މާވެލްގެ އެންމެ ބޯލްޑް ތަޖުރިބާތަކުގެ ތެރެއިން އެއް ތަޖުރިބާ ކަމަށް ހޮލީވުޑް ހަބަރުތައް ބުނެއެވެ. މި ސީރީޒްގެ ޓީޒާ ލީކްވުމާ ގުޅިގެން ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް