އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައި ހަ މީހަކު މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގާޒާގެ ހާން ޔޫނިސްގައި ހުންނަ ދަ ޔޫރަޕިއަން ގާޒާ ހޮސްޕިޓަލުގެ އެތެރެއަށާއި ގޯތި ތެރެއަށް ބޮން އެޅުމުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވި އެވެ. އެ މީހުންނަށް ފަރުވާ ދެމުންދަނީ ނައްސީރު ހޮސްޕިޓަލުގައެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ އެ ހަމަލާއަކީ ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ މުހައްމަދު ސިންވާރަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އޭނާއަކީ ޝަހީދުކޮށްލި ހަމާސްގެ ކުރީގެ ލީޑަރު ޔަހުޔާ ސިންވާރުގެ ކޮއްކޯފުޅެވެ.

އިޒްރޭލުން ބުނާ ގޮތުން މުހައްމަދު ސިންވާރު ހުރީ ހޮސްޕިޓަލުގެ އަޑީގައި ހަދާފައިވާ ހަމާސްގެ ބިންގަރާހެއްގައެވެ.