ރާއްޖެއާއި ކުވެއިތާ ދެމެދު އިގުތިސޯދީ ރޮނގުން ގުޅުން ބަދަލުކުރުމަށް މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިހާރު ކުވޭތަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އިގުތިސޯދީ ރޮނގުންނާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުންނާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މީގެ އިތުރުންވެސް ދެ ގައުމުގެ މަސްލަހަތު ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރެއްވުމަށް އޮތް އަޒުމު އެ ބައްދަލުވުމުގައި ހާމަވެގެންގޮސްފައިވާކަން ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ރާއްޖެއަށް ކުވޭތުން ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް