މި އަހަރުގެ ބާފްޓާ ޓީވީ އެވޯޑްސްގެ އެންމެ ގިނަ އެވޯޑް "މިސްޓަރ ލަވަރމަން" އަށް ލިބިއްޖެއެވެ. މި އެވޯޑް ހަފުލާ ބޭއްވީ ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައެވެ.
ލީޑިން އެކްޓަރުގެ އެވޯޑު ލެނީ ޖޭމްސް ("މިސްޓަރ ލަވަރމަން") ކާމިޔާބުކުރިއިރު ސަޕޯޓިން އެކްޓަރުގެ އެވޯޑު އަރިޔޯން ބަކާރޭ ("މިސްޓަރ ލަވަރމަން") ކާމިޔާބުކުރިއެވެ. އިންޓަނޭޝަނަލް ކެޓަގަރީ ކާމިޔާބުކުރީ "ޝޯގަން" އެވެ.
ލީޑިންގ އެކްޓްރެސްގެ އެވޯޑު މަރީސާ އަބެލާ "އިންޑަސްޓްރީ" ކާމިޔާބުކުރިއެވެ. ޑްރާމާ ސީރީޒްގެ އެވޯޑު ލިބުނީ "ބްލޫ ލައިޓްސް" އަށެވެ. ލިމިޓެޑް ޑްރާމާގެ އެވޯޑު ލިބުނީ "މިސްޓަރ ބޭޓްސް ވަރސަސް ދަ ޕޯސްޓް އޮފީސް" އަށެވެ.
މީގެ އިތުރުން ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ޖެސިކާ ގަނިން ("ބޭބީ ރެއިންޑިއަރ") ކާމިޔާބުކުރިއެވެ. ކޮމެޑީގެ އެވޯޑު ރުތު ޖޯންސް ("ގެވިން އެންޑް ސްޓޭސީ") ކާމިޔާބުކުރިއެވެ.
މި އެވޯޑްސްގައި "މިސްޓަރ ލަވަރމަން" އަށް އެންމެ ގިނަ އެވޯޑު ލިބުނު ނަމަވެސް، "ދަ ޓްރެއިޓަރސް" ފަދަ މަގުބޫލު ޝޯތަކަށް އެވޯޑު ނުލިބުމުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. އެލަން ކަމިން އަކީ މި ރަސްމިއްޔާތުގެ ހޯސްޓެވެ.

ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު