ދުނިޔެއަށް މަޝްހޫރު ޖަޕާނުގެ އެންމެ ބޮޑު އެއް ކާރު އުފައްދާ ކުންފުނި، ނިސާން އިން 20،000 ވަޒީފާ މަދުކުރަން ނިންމައިފިއެވެ.
ވިޔަފާރި ދަށްވުމުގެ ސަބަބުން ނިސާން އިން އެންމެ ފުރަތަމަ ވަކިކުރަން ނިންމީ 9،000 މީހުންނެވެ. ނަމަވެސް އިއްޔެ އެ ކުންފުނިން ވަނީ އެ އަދަދު 20،000 އަށް އިތުރުކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.
ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިސާން އިން ނިންމާފައި މިވަނީ، އެ ކުންފުނީގެ އޮޕަރޭޝަން ކުރިއަށްދާ އުތުރު އެމެރިކާއާއި ޗައިނާގައި ވިޔަފާރި ބޮޑުތަނުން ދަށްވުމުންނެވެ. އެކަމުގެ ސަބަބުން އިންވެސްޓްމަންޓުތައް ވެސް ދަށްވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.
ނިސާންގެ ވިޔަފާރި ދަށްވުމުގެ ސަބަބުން އެ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ