އެޕަލްއިން އައިފޯނުގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސްގެ އާ ވަރޝަން، އައިއޯއެސް 19 ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) 2025 ގައި ތައާރަފުކުރަން ވަނީ ނިންމައިފައެވެ. މި އަޕްޑޭޓްގައި ބޮޑެތި ބަދަލުތަކެއް ހިމެނޭނެ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ.
އެގޮތުން އައިއޯއެސް 19 ގައި އައިއޯއެސް 7 އިން ފެށިގެން އެންމެ ބޮޑު ވިޝުއަލް ބަދަލުތައް ގެންނާނެއެވެ. މީގެ އިތުރުން ސިރީގެ އިންޓެލިޖެންސް އިތުރުކޮށް، އިތުރު ފީޗާތައް ތައާރަފުކުރާނެ އެވެ. ހެލްތު އެޕްގައި އޭއައި މެދުވެރިކޮށް އަމިއްލަ ކޯޗިން ސިސްޓަމެއް ތައާރަފުކުރާނެ އެވެ.
އާރުސީއެސް މެސެޖިންގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަން ތައާރަފުކުރުމާއެކު، ރިއަލްޓައިމް ބަސް ތަރުޖަމާކުރުމުގެ ފީޗާއެއްވެސް ތައާރަފު ކުރާނެއެވެ. އައިފޯން 11 އިން ފެށިގެން މަތީގެ ހުރިހާ މޮޑެލްތަކަށް މި އަޕްޑޭޓް ލިބޭނެ އެވެ.
އައިއޯއެސް 19 ގެ ފުރަތަމަ ޑިވެލޮޕަރ ބީޓާ ޑަބްލިއުޑަބްލިއުޑީސީ އަށްފަހު ވަގުތުން ނެރޭނެ އެވެ. އަދި އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ނެރޭނީ ސެޕްޓެމްބަރު މަހުގައި އައިފޯން 17 ސީރީޒްއާ އެކުގައެވެ. މި އަޕްޑޭޓްގައި ޑިޒައިން، އިންޓެލިޖެންސް އަދި ޔޫޒާ ޕްރައިވަސީއަށް އިސްކަން ދޭނެއެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް