ސްރީ ލަންކާގައި ފަރުބަދަމަތިން ބަހެއް ވެއްޓި އޭގެން ދަތުރުކުރި 21 މީހަކު މަރުވެއްޖެ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮތްމަލޭގެ ގެރަންޑި އެލާގެ ފަރުބަދައެއްގެ މަތިން ވެއްޓުނީ ކަތަރަގަމާ އިން ކުރުނޭގަލާއަށް ދަތުރު ކުރަމުންދިޔަ ސަރުކާރުން އޮޕަރޭޓްކުރާ ސްރީ ލަންކާ ޓްރާންސްޕޯޓް ބޯޑުގެ ބަހެކެވެ. އެ ބަހުގައި 50 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލަންކާގެ ނިއުސްވަޔާގައި ބުނެފައިވާ ގޮތުން އެ ހާދިސާގައި 35 މީހަކަށް އަނިޔާވެގެން ނުވަރަ އެލިޔާ އާއި ކޮތްމަލޭގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވި ނަމަވެސް، ތަހުގީގަށް މިހާތަނަށް ހޯދުނު ހޯދުންތަކަށް ބެލުމަށްފަހު ފުލުހުން ބުނެފައިވަނީ ބަސް ވެއްޓުނީ ބާރަށް ދުއްވާފައި ދިއުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެން ގޮސްގެން ކަމަށެވެ.
ނަމަވެސް މިއީ މެކޭނިކަލް މައްސަލައެއްގެ ސަބަބުންތޯ ނުވަތަ ޑްރައިވަރަށް ނިދިގެން ދިމާވި ކަމެއްތޯ ޔަގީންކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މުހައްމަދު ސިމާއު
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ