ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ މައި ހަރަކާތްތައް ބޭއްވުމަށް ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ ބައިވެރިވެއްޖެ އެވެ.
ދިރާގުން މިއަދު ބުނީ، އެ ޕާޓްނާޝިޕްގެ ދަށުން ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތްތައް ކަމުގައިވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" ބޭއްވުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
މި ޕާޓްނާޝިޕާ ގުޅޭ ގޮތުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ، ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާ އިން ސިނާއަތްތައް ބާރުވެރިކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
އެގޮތުން ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން ވަރުގަދަ މަންޒިލެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. އެ އެވޯޑް ހަފުލާގައި ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދާފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް އެވޯޑް ދޭނެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ފުރަތަމަ ބާއްވާފައިވަނީ 2024 ވަނަ އަހަރު އެވެ. އެ އަހަރު 300 އަށް ވުރެ ގިނަ ނޮމިނޭޝަންސް އަދި 100،000 އަށް ވުރެ ގިނަ އާންމު ވޯޓުއާއެކު ބޮޑު ތަރުހީބެއް ލިބުނެވެ.
މި އަހަރުގެ އެވޯޑްސްއަށް ވޯޓުލުން 25 އޭޕްރިލް 2025 ގައި ބަންދުކުރި އިރު، ކެޓަގަރީތަކަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އާ އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް، 600،000 އަށްވުރެ ގިނަ އާންމު ވޯޓު ލިބިފައިވެ އެވެ.
މުހައްމަދު ސިމާއު
ދިރާގު
ދިރާގު
ދިރާގު
ދިރާގު