ނެޓްފްލިކްސްގެ އާ ސީރީޒް "ދަ ރޯޔަލްސް" ގެ ދެވަނަ ސީޒަނެއް އަންނަ ކަމުގެ ހިންޓެއް މި ސީރީޒްގެ ލީޑް ތަރި އިޝާން ކައްޓަރު ދީފިއެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން މިހާރު ވަނީ ނެޓްފްލިކްސްގައި ދައްކަން ފަށައިފައެވެ.

އިޝާން ބުނާ ގޮތުގައި ދެވަނަ ސީޒަންގައި އޭނާ ހެލިކޮޕްޓަރަކުން ފުންމައިލަފާނެ އެވެ. މި ސީރީޒްގައި އިޝާން ކުޅެނީ ރަސްކަލެއްގެ ދަރިކަލުންގެ ރޯލެވެ. މި ސީރީޒްގައި ބޫމީ ޕެޑްނެކަރ، ޒީނަތު އަމާން، ދީނޯ މޮރިއާ އަދި ނޯރާ ފަތެހީ ފަދަ ތަރިން ބައިވެރިވެއެވެ.

"ދަ ރޯޔަލްސް" އަކީ ޕްރިޔަންކާ ގޯޝް އަދި ނުޕޫރު އަސްތާނާ ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ. މި ސީރީޒް އުފައްދާފައިވަނީ ޕްރިޓިޝް ނަންދީ ކޮމިއުނިކޭޝަންސްއިންނެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަންގައި 8 އެޕިސޯޑު ހިމެނެއެވެ. މި ސީރީޒް ނެޓްފްލިކްސްގައި ދައްކަން ފެށީ އިއްޔެއެވެ.

އިޝާންގެ އާ ފިލްމު "ހޯމްބައުންޑް" ކާންސް ފިލްމް ފެސްޓިވަލްގައި ދައްކާނެއެވެ. މި ފިލްމުގައި ޖާންވީ ކަޕޫރުވެސް ބައިވެރިވެއެވެ.