ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްނުކޮށް، ކޮރަޕްޝަންގެ ވަބާ ނައްތައެއް ނުލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑިޖިޓަލްގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ސިޔާސަތު، "މޯލްޑިވްސް 2.0"ގެ ސަމިޓް ހުޅުވުމަށް ނަސަންދަރަ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެންމެ މުހިންމު އަމާޒަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުން ކަމަށެވެ.
ރައީސް ވިދާޅުވީ "މޯލްޑިވްސް 2.0" އަކީ ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ފަށާ މުހިންމު މަސައްކަތެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު އދ.ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއަކީ 2040 ވަނަ އަހަރު އަންނަވާއިރަށް ތަރައްގީވެފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. ދިވެހި ރައްޔިތުންގެ އުންމީދަކީވެސް މި ގައުމު ތަރައްގީވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެ ތަރައްގީކުރަން ބަލާއިރު ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހި، ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ. އަދި ބައެއް ކަންތައް އީޖާދުކުރަން ޖެހިފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލާއިރުގަ އެންމެ ބޮޑު އެއް ކަމަކީ ކޮރަޕްޝަންގެ ވަބާ. މިއީ ދެބަސް ނުވެވޭނެ ހަގީގަތެއް. ހިދުމަތް ދިނުމުގެ ތެރޭގައި، ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ތެރޭގައި އަދި ހަމަ ޖުމުލަކޮށް މުޅި ނިޒާމުގެ ތެރޭގައިވެސް މި ގައުމުގައި މި ވަބާ އެބައޮތް،" ރައީސް ވިދާޅުވިއެވެ.
"މިގޮތުން ބަލާއިރުގަ ގައުމުގެ ނިޒާމް މިހާރު މިހިނގާ ގޮތް ބަދަލުނުކޮށް މިކަމުން ސަލާމަތްވެވޭކަށް ނެތް. އިންސާނުން އޭގެ ޒާތުގައި ކަންކަން ކުރާއިރުގައި އަތުގައި ބާރެއް އޮތިއްޔާ ނޫނިއްޔާ ކަންކަމަށް އެކްސެސްވެވެންޏާ ކަންކަމުގެ ތެރޭގައި ހަމަ ވަރަށް ގިނަ މީހުންނަށް ކުރެވޭ ކަމަކީ އަމިއްލަ ނަފުސު އިސް ކުރެވެނީ. ކޮރަޕްޝަން އޭގެ ސަބަބު އިތުރުވަނީ. އެހެންވީމާ އަމިއްލައަށް ކުރާ ކަންކަން މަދުވާ މިންވަރަކަށް، މިންވަރެއް ޑިޓާމައިން މި ކުރަނީ ހިދުމަތް ދިނުމުގެ ނިޒާމު ތެރޭގައި ކޮރަޕްޝަން ނެތިގެންދާ މިންވަރު. އެހެންވީމާ ޑިޖިޓަލައިޒް ކުރެވިގެންދާ މިންވަރަކުން މުޅި ނިޒާމު، ހިދުމަތް ދިނުމުގެ ނިޒާމު މުޅި ގައުމުގެ ހުރިހާ މަަސައްކައްތަކެއްގެ ނިޒާމު، އެއީ މުޅި ދައުލަތް ހިމެނޭގޮތުން ޑިޖިޓަލައިޒް ކުރެވި ހިޔުމަން އިންޓަވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވާނީ،"
ރައީސް ވިދާޅުވީ ރާއްޖެ ގުޑްގަވަނަންސް ނުވަތަ ހެޔޮވެރިކަމުގެ ތެރެއަށް ގެންގޮސް ރައްޔިތުންނަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އަވަސް ގޮތެއްގައި ހިދުމަތްދޭން ބޭނުންވާނަމަ ކޮރަޕްޝަންގެ ވަބާ ނައްތާލަން ޖެހޭ ކަމަށެވެ.
ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށްގެން ކޮރަޕްޝަންގެ ވަބާ ނައްތާލެވިދާނެ ކަމަށެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް އެ މަނިކުފާނުގެ އެންމެ ބޮޑު މަގުސަދަކީ ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ފަށާފައިވާ މަސައްކަތަށް ކޮރަޕްޝަން ނައްތާލުމަކީ ކޮންމެހެންވެސް މުހިންމުކަމެއް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ހައްލަކީ ޢުމަރު
ހުދުހުދު - 1 އަހަރު ކުރިން
ހައްލަކީ ޢުމަރު
ހުދުހުދު - 1 އަހަރު ކުރިން