ޕައިލެޓުގެ ސަބަބުން ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގައި ރޯވެއްޖެއެވެ.
ލަންޑަންގެ ކެޓްވިކުން ވެންކޫވާ އަށް ދަތުރު ކުރުމަށް ތައްޔާރުވެފައި އޮތް އެފްލައިޓުގައި އަލިފާން ރޯވެފައިވަނީ ޕައިލެޓުގެ މައްސަލައަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފްލައިޓު ރަންވޭ އިން ނައްޓާލުމަށް ރަންވޭގައި ދުއްވާފައި ދިޔަވަގުތު ޕައިލެޓަށް އޮޅިގެން ނުބައި ކޮމާންޑެއް ދެވުމުގެ ސަބަބުން ފްލައިޓުގެ ދުވެލި ކުއްލިއަކަށް މަޑުޖައްސާލައި ބުރެކި ހިފުމުން އަލިފާން ރޯވި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އޮފިޝަލުން ވަނީ ފްލައިޓު ނައްޓާލި ވަގުތު ހިނގި ހާދިސާއެއް ކަމުން ކުއްލިޔަކަށް އެފްލައިޓު ރަންވޭގައި މަޑުކުރަން ޖެހުނު ކަމަށް ބުނެފައެވެ. ނަމަވެސް އެވަގުތު ފްލަައިޓުގެ ޓަޔަރުތައް ގޭނި ވަނީ އަލިފާން ރޯވިއެވެ.
މިދިޔަ މަހު ފަހުކޮޅު ހިނގި އެހާދިސާގެ ސަބަބުން ފްލައިޓު ރަންވޭ މަތީގައި ތާށިވެ އެ އެއާޕޯޓު ބަންދުކޮށްފައިވެއެވެ. އެއާޕޯޓު ބަންދުކުރުމުން އެވަގުތު ޖައްސަން އައި 16 ފްލައިޓު ރަންވޭ މަތީގައި ތާށިވެފައިވެއެވެ. އަދި މީގެ އިތުރުން އެ ރަންވޭއަށް ޖައްސަން އައި 23 ފްލައިޓު ކެންސަލް ކުރި ކަމަށް އޮފިޝަލުން ބުނެއެވެ.
347 ފަސިންޖުން ދަތުރުކުރި އެފްލައިޓުގައި ރޯވި ހާދިސާގެ ތަހުގީގު ވަނީ ފަށައިފައެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
ބޭރު ކުޅިވަރު