ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "ޖިނީ އެންޑް ޖޯޖިއާ" ގެ ތިންވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ ރިލީސްކޮށްފިއެވެ. މި ސީޒަންގައި މަންމައާއި ދަރިފުޅުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ތަން ފެނެއެވެ.

ޓްރެއިލާގައި ފެންނަ ގޮތުގައި މީހަކު މެރި މައްސަލައެއްގެ ޝަރީއަތަށް ޖޯޖިއާ (ބްރިއާނީ ހަވޭ) ހާޒިރުވާން ޖެހެއެވެ. ޝަރީއަތް ނިމެންދެން ޖޯޖިއާ ހުންނަނީ ގޭބަންދުގައެވެ. އޭނާގެ ފައިގައި މޮނިޓަރެއް އަޅުވާފައި ހުރެއެވެ. ޖޯޖިއާ މަސައްކަތްކުރަނީ އޭނާއަކީ އަނިޔާވެރި މީހެއް ނޫންކަން ސާބިތުކޮށްދޭށެވެ.

https://youtu.be/HAcHtHP4AoM?si=KD2uTr81rCYZZhCI

އެއާއިއެކު ޖިނީ (އެންޓޯނިއާ ޖެންޓްރީ) ހުންނަނީ ދިމާވެފައިވާ ހާލަތު ގަބޫލުކުރަން އުނދަގޫވެފައެވެ. ސްކޫލުގައި އޭނާއަށް ފުރައްސާރަ ކުރާތީ ކަންބޮޑުވެފައިވެއެވެ. ޖިނީ މަންމައަށް އެހީތެރިވާން ބޭނުންވެއެވެ. ނަމަވެސް މަންމައަށް އިތުބާރުކުރެވޭނެތޯ ސުވާލު އުފެދެއެވެ.

މި ސީޒަންގައި އާރަން އެޝްމޯގެ ކެރެކްޓަރު، ގިލް އަނބުރާ އަންނާނެ އެވެ. ޓައި ޑޯރަން އަދި ނޫހު ލަމާނާ ފަދަ އާ ތަރިން ބައިވެރިވާނެއެވެ. މި ސީރީޒް އުފައްދާފައިވަނީ ސާރާ ލެމްޕަޓް އެވެ. ތިންވަނަ ސީޒަންގެ ޝޯރަނަރަކީ ސާރާ ގްލިންސްކީ އެވެ.