އއ. އުކުޅަހުގެ ބޮޑެތި މަގުތައް ޑިޒައިންކޮށް މާރާމާތު ކުރުމުގެ 52 ޕަސެންޓު މަސައްކަތް ނިންމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އުކުޅަހު އެޗްވީ ކޭބަލް ޖަންކްޝަނާއި ޕޭވިން ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ސައިޓުގައި ކުރިއަށްދާ އިރު، ޕަމްޕް ސްޓޭޝަން އޭގެ ކާސްޓިންގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 19 އޮކްޓޯބަރު 2022 ގައެވެ.

މި މަސައްކަތުގެ ސްކޯޕްތަކުގެ ތެރޭގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމާއި ޑްރޭނޭޖް އެންޑް ސާވިސް ލައިން އާއި ސައިޑް ވޯކް ޕޭވިން އަދި ކެރެޖްވޭގެ މަސައްކަތް ހިމެނެއެވެ.