ދުނިޔޭގެ އެންމެ މަގުބޫލު ޓީވީ ސީރީޒްތަކުގެ ތެރެއިން އެއް ސީރީޒް ކަމަށްވާ ސްކުއިޑް ގޭމްގެ ތިންވަނަ ސީޒަންގެ ޓްރެއިލާ ނެޓްފްލިކްސްއިން ނެރެފިއެވެ.
ޓްރެއިލާގައި މައިގަނޑު ކެރެކްޓަރު ސިއޯންގ ގީ-ހުން (ލީ ޖަންގް-ޖޭ) އަލުން ފެނެއެވެ. އަދި ޕްލޭޔަރ 456 ދިރިހުރިކަން ވެސް ހާމަވެއެވެ. އާ ގޭމެއްގެ ގޮތުގައި ރަތް އަދި ނޫ ބޯޅަ ނެރޭ ބޮޑު މެޝިނެއް ފެނެއެވެ. ޓްރެއިލާގެ ފަހު މަންޒަރުގައި ކުޑަކުއްޖެއްގެ ރުއިމުގެ އަޑުއިވެއެވެ.
ނެޓްފްލިކްސްއިން ބުނެފައިވާ ގޮތުގައި މި ސީޒަންގައި ސިއޯންގ އާއި އެހެން ކުޅުންތެރިން ނުރައްކާތެރި އިތުރު ގޭމްތަކަކާ ކުރިމަތިލާނެއެވެ. އަދި ކޮންމެ ބުރެއްގައިވެސް އެމީހުން ނިންމާ ނިންމުންތަކުގެ ނަތީޖާ އިތުރަށް ނުރައްކާތެރިވާނެއެވެ.
މި ސީޒަންގައި ލީ ޖަންގް-ޖޭ، ލީ ބިއޯންގް-ހުން އަދި ވީ ހާ-ޖުން ފަދަ މައި ކެރެކްޓަރުތައް އަލުން ފެންނާނެއެވެ. އަދި އިމް ސީ-ވަން، ޕާކް ސަންގް-ހޫން، ޖޯ ޔު-ރީ އަދި ޕާކް ގިއު-ޔަންގް ފަދަ އާ ކެރެކްޓަރުތަކެއްވެސް ތައާރަފުވާނެ އެވެ.
ސްކުއިޑް ގޭމް ސީޒަން 3 ނެޓްފްލިކްސްގައި ދައްކަން ފަށާނީ ޖޫން 27 ވަނަ ދުވަހުއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް