ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ސިފައިންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ކޮމިޓީން ނިންމުމުގެ ކުރިން، އެ މައްސަލައަށް ޕޮލްކޯގެ އިސް ބޭފުޅުންގެ ބަހެއްހޯދުމެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ މައްސަލައިގެ ރިޕޯޓް ތިން ބަޔަކަށް ބަހާލާފައިވާ ކަމަށެވެ.
"އެއީ ތިން ކޮންޓްރެކްޓަރުން ވަކިން، ނޫމަޑި ކޮންޓްރެކްޓާއި، އައިލެންޑް އެކްސްޕާޓް ކޮންޓްރެކްޓާއި، އަމީން ކޮންސްޓްރަކްޝަން ކޮންޓްރެކްޓް،" ނާޒިމް ވިދާޅުވިއެވެ.
އޭގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދާނީ، ޕޮލްކޯގެ އިސް ފަރާތްތަކުގެ ބަހެެއް ހޯދުން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ޕޮލްކޯގެ އިސްބޭފުޅެއް ކަމަށްވާ އަބްދުލްމަންނާނު ޔޫސިފާއި ޕޮލްކޯގެ ފުރަތަމަ ދެ ދައުރުގެ ހަޒާންދާރު ނަހުޝާދު ސާނީ، ކޮމިޓީއަށް ހާޒިރު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލަަތައް ކޮމިޓީން ކުރިއަށް ގެންދަނީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެންކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އޮބްޒާވަރެއްގެ ގޮތުގައި އޭސީސީން ބައިވެރިވާ ކަމަށެވެ.
ނަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް އެބޭފުޅުން ޝަރުތުކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ނާޒިމް ހުށަހެޅުއްްވިއެވެ.
ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ މެންބަރު ސުޖާއުއެވެ. އެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު ދެކޮޅު ހަދާފައިނުވާތީ، ކޮމިޓީގެ ބައްދަލުވުން ސިއްރުުކުރަން ނާޒިމް ނިންމެވިއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު