ފަލަސްތީނުގެ ގާޒާ އެއްކޮށް ހިފުމަށް އިޒްރޭލުގެ ކެބިނެޓުން ހުއްދަދީފިއެވެ.
އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ގަތުލް އާންމު ފުޅާކޮށް މުޅި ގާޒާ ހިފުމުގެ އޮޕަރޭޝަނަށް އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ހުއްދަ ދިނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެބައްދަލުވުމުގައި އިޒްރޭލުން ގާޒާގައި ހިންގާ ޖަރީމާތައް އިތުރަށް ފުޅާކުރުމުގެ އިތުރުން ގާޒާ ހިފައި ބިންތައް ވެރިކުރުން ހިމެނޭ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ކެބިނެޓުން އެހަނގުރާމަ ފުޅާގޮށް މިލިޓަރީ ބާރުގެ ބޭނުންކޮށް ހަމާސް ނައްތާލައި ހަމާސް އިން ހިފާފައިވާ އަސީރުން ސަލާމަތްކޮށް ގާޒާގައި ދިރިއުޅޭ އާންމުން އެހެންތަނަކަށް ބަދަލުކޮށް ރައްކާތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން ހުއްދަދީފައިވަނީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިޒްރޭލުން ކަނޑައަޅާ އަމިއްލަ ބަޔަކާ ހަވާލުކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ކީލިއާން އެމްބާޕޭ
އިންޑިއާ
އެމެރިކާ
ބޭރު ކުޅިވަރު