ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންތައްތަކުގެ އަސްލަކީ، ރާއްޖޭގައި ވެރިކަން ކުރަމުން ގެންދާ، ރިޔާސީ ނިޒާމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ރާއްޖޭގައި ނުރަނގަޅު ކަންކަން ހިނގަނީ ވަކި ވެރިއެއްގެ ސަބަބުން ނޫން ކަމަށެވެ.
އަދި "ޕާލަމެންޓްރީ ނިޒާމް އާއި ޕްރިފަރެންޝަން (ގިނަ ވޯޓުދެވޭ) ވޯޓިން އަށް ބަދަލުވެއްޖެނަމަ އެތައްކަމެއް އިސްލާހު ވާނެކަމަށް ދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ތަކުރާތުކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެމަނިކުފާނު އެމްޑީޕީގައި ހުންނެވި އިރު، މިދިޔަ ރިޔާސީ އިންތިހާބަށް ދިމާކޮށް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ދެމެދު ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަނީ ނިޒާމައް ބަދަލު ކުރެއްވުމަށް ނަޝީދު ކުރެއްވި މަސައްކަތުގެ ސަބަބުން ޖެހުނު މައްސަލައެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.
އިބްރާހިމް ޒަކީ
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
މައްސަލައަކީ ނިޒާމެއްވެސް ނޫނެވެ. މައްސަލައަކީ ޑިމޮކްރަސީ އެވެ. ޑިމޮކްރަސީއަކީ އިސްލާމުންގެ ސިސްޓަމެއްނޫނެވެ. ދުނިޔޭގައި މުސްލިމުން 500 އަށްވުރެން ގިނަދުވަހު އިންސާފުވެރި ވެރިކަންކުރި ސިސްޓަމް ގެނައުންނޫން ގޮތެއް ނެތެވެ.
ހުސޭނުބެ - 1 އަހަރު ކުރިން