އެލައިޑް އިސްލާމިކް ވިންޑޯއިން ފެށި ކަމަނަ ޕްލޭންގެ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ މާޗު މަހުން ފެށިގެން އެލައިޑް އިސްލާމިކް ވިންޑޯއިން ކުރިއަށްގެންދާ ކަމަނަ ޕްލޭންގެ ޕްރޮމޯޝަން އޮތީ އޭޕްރިލު މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އާންމުންގެ ފަރާތުން ލިބެމުން އައި ތަރުހީބާއެކު އެލައިޑް އިސްލާމިކް ވިންޑޯއިން ވަނީ މެއި މަހުގެ ނިޔަލަށް ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރުމަށް ނިންމައިފައެވެ.

އެހެންކަމުން ކަމަނަ ޕްލޭން ނަގާ ކޮންމެ މީހެއްގެ ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން 100 ޕަސަންޓް ޑިސްކައުންޓް ލިބޭ އޮފާ އަދިވެސް ކުރިއަށްދާނެ ކަމަށް އެލައިޑުން މައުލޫމާތުދެއެވެ.

ކަމަނަ ޕްލޭނަކީ އަންހެނުންނަން ހާއްސަ މާލީ ރައްކާތެރިކަމެއް ޔަގީންކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން މާލީގޮތުން ދުރާލާ ތައްޔާރުވުމަށް އެހީވެދޭ އެ ޕްލޭނުން ފޯރުކޮށްދޭ ކަވަރޭޖުތަކުގެ ތެރޭގައި ފުރާނައަށް ގެއްލުން ހުރި ބައްޔެއް ޖެހިއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިން އަހަރުން އެއް ފަހަރު ހިލޭ ކެންސަރު (އަންހެނުންނަށް ހާއްސަ ތިން ބާވަތުގެ ކެންސަރު) ސްކްރީނިން ހެދޭނެ މަގު ފަހިކޮށްދިނުން، އެކްސިޑެންޓެއް ދިމާވެގެން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ޕްލޭންގެ މުއްދަތުގެ ތެރޭގައި ނިޔާވެއްޖެނަމަ އާއިލާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ހިމެނެއެވެ.

އޭގެ އިތުރުންވެސް އެ ޕްލޭންގެ އެންމެ ހާއްސަ ސިފައަކީ ކުރިން ބުނެވެދިޔަ ހާލަތްތަކުގައި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްފަހުވެސް، އެ ޕްލޭން ކުރިއަށްދާ އުސޫލު ކަނޑައެޅިފައިވުން ކަމަށާއި ނަތީޖާއެއްގެ ގޮތުން، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހި، ޕްލޭނުގެ މުއްދަތު ފުރިހަމަވަންދެން ޕްލޭން ކުރިޔަށްދިއުމާއެކު، އެ މުއްދަތުގައި ލިބޭ އިމަޖެންސީ ފަންޑުވެސް ލިބޭނެ ގޮތް ފަހިވެފައިވާ ކަމަށް އެލައިޑުން ބުންޏެވެ. އަދި އެއަށްފަހު، ޕްލޭނުގެ މުއްދަތު ހަމަވުމުން ގަނޑުކޮށް ފައިސާ ލިބޭނީ އެއްކުރެވިފައިވާ ފައިސާއާއި އެއަށް ލިބިފައިވާ ފައިދާއާ ވެސް އެކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލައިޑުން ބުނީ ކަމަނަ ޕްލޭނާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން ދަނީ އެކި އޮފީސްތަކާއި މުއައްސަސާތަކަށްވެސް މައުލޫމާތު ސެޝަން ރާވައި ހިންގައިދެމުން ކަމަށާއި އެގޮތުން، އެފަދަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން ހޮޓްލައިން ނަމްބަރު 1600 އަށް ގުޅުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން އެދެއެވެ.