މި މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ވެއްޓުނު ހައްވާ ޔުމްނު 21އ ވެއްޓުނު މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަލައި އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަނުން ނިންމާ ގޮތެއް ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ނިންމާ ގޮތެއް ތަންފީޒުކުރައްވާނެ ކަމަށާއި އެއްވެސް ވަރަކަށް ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށެވެ.
"އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާނަން، މި މައްސަލައިގައި ކުށްވެރިވާ ކަމަަށް މިނިވަން ރިޔާސީ ކޮމިޝަނުން ބަލައި ރިޕޯޓުގައި އޮތް ކަމަށް ވަންޏާ އެ ފަރާތަކަށް ފިޔަވަޅު އަޅާނަން" ރައީސް ވިދާޅުވިއެވެ.
ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުގެ ރައީސަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
އޭގެ އިތުރުން އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އާއި ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސްއެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު