ދައުލަތުގެ ވެރިޔަކު އެންމެ ގިނަ ވަގުތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޭދަކުރެއްވި ވެރިޔާގެ ދުނިޔޭގެ ރެކޯޑު ރައީސް ޑރ. މުހައްމަދު މުއިއްޒު ގާއިމުކުރައްވައިފިއެވެ.
ރައީސް މުގުރާލައްވާފައިވަނީ ޔޫކްރޭންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ 2019 ވަނަ އަހަރު ގާއިމުކުރެއްވި ރެކޯޑެކެވެ. ޔޫކްރޭނުގެ 100 އަށްވުރެ ގިނަ ނޫސްވެރިންނާއެކު އެ ބައްދަލުވުން ވަނީ 14 ގަޑިއިރަށް ކުރިއަށްގޮސްފައެވެ. ޒެލެންސްކީ ނޫސްވެރިންނާ ބައްދަލުކުރެއްވީ ގޮނޑީގައި އިށީނދެވަޑައިގެން އިންނަވައިގެންނެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަކުރައްވައިފައެވެ. ބައްދަލުވުން ނިންމަވައިލެއްވީ މިރޭ 12:54 ގައެވެ.
ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ އިރުވެސް ރައީސް ވަނީ ބައްދަލުވުން ނިންމަވައިލައްވާނީ ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބުދެއްވުމަށްފަހު ކަމަށް ވިދާޅުވެފައެވެ. ކޮންމެ ނަމާދު ވަގުތަކަށް މެދުކަނޑާލި 15 މިނެޓު ފިޔަވަައި، އެހެން ހުރިހާ ވަގުތެއް ރައީސް ހޭދަކުރެއްވީ ޕޯޑިއަމް ކައިރީގައި ކޮޅަށް ހުންނަވައިގެން ސުވާލުތަކަށް ޖަވާބުދެއްވުމުގައެވެ.
މިއަދު ހެނދުނު ނޫސްވެރިންގެ ބައްދަލުވުން ރައީސް ފެއްޓެވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުންނެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ކުރިއަށް ރާވާފައިވާ މުހިންމު މަޝްރޫއުތަކާއި އެކި ދާއިރާތަކުން ކުރާ މަސައްކަތްތައް އަދި ބައެއް މުހިންމު ނިންމުންތަކާ ގުޅޭގޮތުން ދެއްވި އެ ޕްރެޒެންޓޭޝަނަށް ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރެއްވިއެވެ.
ޕްރެޒެންޓޭޝަނަށްފަހު ނޫސްވެރިންނަށް ފުރަތަމަ ސުވާލުކުރަން ދެއްވި ފުރުސަތުގައި ކޮންމެ ނޫސްވެރިޔަކަށް އެއް ސުވާލުކުރެއްވުމުގެ ފުރުސަތު ދެއްވިއެވެ. އަދި ދެވަނަ ބުރުގައި ކޮންމެ ނޫސްވެރިޔަކަށް ވެސް، ބޭނުންވާ ވަރަކަށް، ބޭނުން ސުވާލެއް ކުރެއްވުމުގެ ފުރުސަތު ރައީސް ދެއްވިއެވެ.
ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބައެއް ބިލުތަކާއި ސަރުކާރުގެ މަޝްރޫއުތަކާއި އެކި ދާއިރާތައް އަދި ސިޔާސީ އެކި ކަންކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. ނޫސްވެރިންގެ ބައެއް ސުވާލުތައް ހޫނުކޮށް ދިޔަ ނަމަވެސް، ރައީސް ވަނީ ހަމަޖެހުމާއެކު ސުވާލުތަކަށް ފުރިހަމަ ޖަވާބުދެއްވައިފައެވެ. އަދި ފުރިހަމަ ޖަވާބު ނުދެއްވާ ސުވާލުތަކަށް ވެސް ޖަވާބުދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ގިނަ ދުވަސްތަކަކަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވި ނަމަވެސް، ކުރިއަށްއޮތް ތަނުގައި މިހާރަށްވުރެ ގިނައިން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ސާބިތު ކޮށްދެއްވީ ފިޒިކަލް ކޮށް ވެސް، ހުރިހާ ގޮތަކުން ވެރިކަމަށް ފިޓްކަން.
ވެރިކަން - 1 އަހަރު ކުރިން
15 ގަޑިއިރު ކޮޅަށް ހުންނަވައިގެން ނޫސްވެރިންނަށް ރައްޔިތުންނަށް ޖަވާބު ދެއްވަމުން ދޭހަވީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރެއްވުމަށް އަހައްމިއްޔަތުކަން ދެވިފައިވާ މިންވަރު، އޯގާތެރި ދައުލަތެއް ބިނާކުރުމަށް ވިސްނުން ހުންނެވިކަން
އބ މާޖިދު - 1 އަހަރު ކުރިން