ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެގޮތަށް ވިދާޅުވެފައިވަނީ، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމުން، ރައީސާއި އަބްދުއްރަހީމްއާ ދެމެދު މައްސަލައެއް އުފެދިފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އަބްދުއްރަހީމްއާ އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް. އަބްދުއްރަހީމްއަކީ އަޅުގަނޑާ އޭރުވެސް، މިހާރުވެސް ރަހުމަތްތެރި ދެމީހުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިސްޓަރުން ވަކިކުރުމާއި އައްޔަންކުރުމަކީ އެ މަނިކުފާނަށް އިހުތިޔާރު އޮންނަ ކަމެއް ކަމަށާއި ފައިސަލް ވަކިކުރެއްވީ އެގޮތުގެ މަތީން ބަދަލު ގެންނެވުމުގެ ގޮތުން ކަމަށެވެ.
"އެހެންވީމާ ގާނޫނުއަސާސީގައި އަޅުގަނޑަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން އެ ވަގުތު އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީއަށް ގެންނަން ފެންނަ ބަދަލު ގެނައީ. އެއީ އެ ވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފެނުނީ އެ ބަދަލު ގެނައުން ކަމުގައިވާތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު