ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު ޕާޓީއަކުން އާދައިގެ ގޮތަކަށް މެންބަރެއްގެ ގޮނޑި ގެއްލުވާލެވިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނެވުނު އެ އިސްލާހުގެ ދަށުން ހަދަން ޖެހޭ ގާނޫނުން ހުރިހާ ހައްގުތަކެއް ހިމާޔަތްކުރަންޖެހޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
"އެ ގާނޫނެއް އަދި ނުހަދާ. އެހެންވީމާ އޭގެ ތެރެއިން އެކަން އެންޝުއާ ކުރެވެން ޖެހޭނެ. އަދި ޕާޓީތަކުގެ ނިޒާމުގެ ތެރޭގައި ވެސް އޮންނަންވާނެ އެއަށްވުރެ ހަރުދަނާގޮތެއް. ލީޑާޝިޕްގެ ތެރެއިން ނުވަތަ ވަކި ބަޔަކު އެއްވެލައިގެން އެމްޕީއަކު ކަނޑާލަން، އެހެންވެގެން ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރަނީ ވަކި ނިޒާމެއްގެ ތެރެއިން، ވޯޓުލައިގެން ކަމަށާއި އެހެންކަމުން މެންބަރުންގެ ގޮނޑި ގެއްލޭގޮތްވުމަކީ ވަރަށް އާދައިގެ ގޮތަކަށް އޮންނަ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު