ސަރުކާރުން މިސައިލު ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިސައިލު ގަންނަ ކަމަށްބުނެ ދައްކާ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަ ފެތުރުމާ ގުޅިގެން ބޭރު ގައުމެއްގެ ސަފީރަކު ވެސް އެ ސުވާލު ކުރިމަތިކުރެއްވި ކަމަށެވެ.
"މިސައިލެއް ނުގަންނަމޭ. މިއީ ވަރަށް ދެރަ ކަމެކޭ. އެއީ މިވާ ގޮތަކީ ދޮގު ވާހަކަ ފެތުރީމަ. އިންސާނީ ތަބީއަތް، ދޮގު ވާހަކަ މާ ފަސޭހައިން މީހުން ގަބޫލުކުރާނެ. އަޅުގަނޑާ ބައްދަލުކުރަން އައި ބޭރު ގައުމެއްގެ ސަފީރެއް، ބައްދަލުކޮށްފައި ވަރަށް ކަންބޮޑުވެގެން ދެއްކީ ތި މިސައިލުގެ ވާހަކަ. އަޅުގަނޑު ބުނިން ނޫނޭ، ތިއީ ހުސް ދޮގު ވާހަކައޭ. އަޅުގަނޑުމެން ނޫޅެމޭ މިސައިލު ގަންނާކަށް. ނުގަންނަން މިސައިލެއް، ހޯދާކަށް ވެސް ނޫޅެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތުރުކީ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ބޮޑު ސައިޒެއްގެ ޕެޓްރޯލް ބޯޓެއް ހަދިޔާކުރައްވާ ކަމަށާއި އެ ބޯޓަކީ ރާއްޖޭގައި މިހާތަނަށް ނެތް ސައިޒަކަށްވުމުން މަނަވަރެކޭ ވެސް ކިޔިދާނެ ކަމަށެވެ.
"އެއްވެސް ހަރަދެއް އަޅުގަނޑުމެން ކުރަން ޖެހުނީކީ ނޫން، އެއަށް މިސައިލެއް ވެސް ނުގަންނަން. އޭގައި ނެތް މިސައިލެއް ހަރުކޮށްފައެއް ވެސް. މިއީ ހަގީގަތް، ދެން ކޮންމެވެސް ތަނަކުން، ކޮންމެވެސް މީހަކު އެއްޗެއް ލިޔެލީމަ އެވީ ތެދަކަށް. އެހެންވެއްޖެއްޔާ ނެތެއްނު ސަލާމަތެއް. އެހެންވީމާ މިސައިލެއް ނޫޅެން އަޅުގަނޑުމެން ހޯދާކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ދެން ކީކުރަން ގެނަ ބާދަގަޑު ގަޑެން
މަ - 1 އަހަރު ކުރިން