މާވެލް ސިނަމެޓިކް ޔުނިވަރސްގެ މަޝްހޫރު ތަރިން ކަމަށްވާ ކްރިސް ހެމްސްވަރތް، ހާލީ ބެރީ އަދި މާކް ރަފަލޯ ވައްކަމުގެ ފިލްމެއްގައި އެއްކޮށް މަސައްކަތްކުރަމުން އަންނަކަން އިއުލާނުކޮށްފިއެވެ. މި ފިލްމުގެ ނަމަކީ "ކްރައިމް 101" އެވެ.
ބާޓް ލޭޓަން ޑައިރެކްޓްކުރާ މި ފިލްމު ބިނާވެފައިވަނީ ޑޮން ވިންސްލޯގެ ވާހަކައެއްގެ މައްޗަށެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 13 ފެބްރުއަރީ 2026 ގައެވެ. ފިލްމުގައި ބެރީ ކިއޯގަން، މޮނިކާ ބާބަރޯ، ކޯރީ ހޯކިންސް އަދި ނިކް ނޯލްޓް ފަދަ ތަރިން ބައިވެރިވެއެވެ.
ފިލްމުގައި ޖަވާހިރުގެ ވައްކަންކުރާ މީހަކު ހޯދުމަށް ޑިޓެކްޓިވުން ކުރާ މަސައްކަތުގެ ވާހަކަ ގެނެސްދޭނެއެވެ. މާކް ރަފަލޯ ކުޅޭނީ ލޫ ލުބެސްނިކް ނަމަކަށް ކިޔާ ޑިޓެކްޓިވްގެ ދައުރެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ފިލްމަށް ތައުރީފުކޮށްފައެވެ. ބައެއް މީހުން ވަނީ "ތޯރ، ސްޓޯމް، ހަލްކް" ލިޔެފައެވެ. މިއީ މި ތިން ތަރިން މާވެލް ފިލްމުތަކުގައި ކުޅޭ ކެރެކްޓަރުތަކަށް އިޝާރާތްކޮށް ލިޔެފައިވާ އެއްޗެކެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް