ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް ފަންޑަކީ މުޖުތަމައުއަށް ފައިދާހުރި ޕްރޮޖެކްޓުތަކަށް އެހީދިނުމަށް ތައްޔާތުކޮށްފައިވާ ފަންޑެކެެވެ. އެ ފަންޑުން ކޮންމެ އަހަރަކު ވެސް ޖުމުލަ ފަސް ފަރާތަކަށް، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތައް ފުރިހަމަކުރަން ދެ ލައްކަ ރުފިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއެވެ.
ބީއެމްއެލްގެ ސީއެސްއާރު އަމާޒުކުރާ ހަތަރު ދާއިރާއަކަށް ބީއެމްއެލްއިން އެހީ ފޯރުކޮށްދެއެވެ. އެއީ ތައުލީމް، ކުޅިވަރު، ތިވާވެށި އަދި މުޖުތަމައުއަށް ފައިދާ ހުރި ކަންކަމަށެވެ. އަދި އެ ޕްރޮޖެކްޓުތަކަކީ ދެމެހެއްޓެވިނި ގޮތެއްގައި ކުރިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓަކަށް ވާންޖެއެވެ. ނުވަތަ މުޖުތަމައުއަށް ދިމާވެފައިވާ ކަމެއްހައްލުކުރަން ނުވަތަ މަދަނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ވުން ލާޒިމް ކުރެއެވެ.
ނަމަވެސް ކުދި ތަމްރީނު ޝެޝަންތައް، ވާދަވެރި މުބާރާތްތައް، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުންމަކަށް ބީއެލްއެމް ފަންޑުން އެހީތެރިކަން ފޯރުކޮށްނުދެއެވެ. އަދި އެ ފަންޑުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ މަޖާއަތްތަކަށް އެހީ ދޫކުރުމަށްވެސް ނިންމާފައެެއް ނުވެއެވެ.
އޭގެއިތުރުން ސަރުކާރު އިދާރާތައް، އަމިއްލަ ފަރުދުން، ވިޔަފާރިތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަަމަޖެހިފައެއް ނުވެއެވެ.
ބީއެމްއެލް ފަންޑަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާ އަދި ކްލަބްތަކަށެވެ. އެ ފަންޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ.
އެ ފަންޑަށް ކުރިމަތިލާފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށް ނިންމާފައިވަނީ ބީއެމްއެލްއިން ކަނޑައަޅާ ކޮމިޓީއަކުންނެވެ. ޕްރޮޕޯސަލްތައް އިވެލުއޭޓުކުރުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހައިލައިގެންނެވެ.
"އެއީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ހުށަހެޅުންތަކާއި ކުރިންވެސް ބީއެމްއެލްއަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޓްރޭނިން ނުވަތަ އެވެއާނަސް ޝެޝަންތައް ހިންުގުމަށް ޕްރޮޕޯސަލްތައް ލިބިފައި. އެގޮތުން އިވެލުއޭޓް ކުރުމަށްފަހު އެންމެ ޓޮޕްކޮށް މާކްސް ލިބޭ ޕްރެސެންޓޭޝަންތައް މިގެންނަނީ." މިއަދު ބީއެމްއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ކޯޕްރޭޓް ޝޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޓީމުން މަރިޔަމް ލަމްހާ ހިދާދު ވިދާޅުވިއެވެ.
އެ ޕްރޮޕޯސަލްތައް ހުށަހަޅަމުންގެންދާ އިރު، އެއީ މުޖުތަމައަށް ކިހާ މުހިންމު ކަމެއްްކަން ތަފްސީލީގޮތަކަށް ބުނެދެވޭނެ ފުރުސަތު ދޭނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ހުށަހަޅާ ޕްރޮޕޯސަލްތަކުން ޝޯޓިލިސްޓު ކުރެވޭ ޕްރޮޕޯސަލްތަކުގެ ތަފްސީލު ދިނުމަށް އެ ޕްރޮޖެކްޓުތަކުގެ ޕްރެޗެންޓޭޝަން ހުށަހެޅުމަށް ބީއެމްއެލްއިން ފުރުސަތު ދޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ބީއެމްއެލް ކޮމިޔުނިޓީ ފަންޑް
ބީއެމްއެލް ކޮމިޔުނިޓީ ފަންޑް
ބީއެމްއެލް ކޮމިޔުނިޓީ ފަންޑް