ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ "ޕިންކް ރިބަން ރަން ވޯކް" އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މިއަހަރު މި ހަރަކާތް ބާއްވާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކާއި އިތުރު 11 ރަށެއްގައި ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ މި ހަރަކާތުގައި 2400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށް ބައިވެރިވެފައިވެއެވެ.
މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ.
ބީއެމްއެލްއިން ވަނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރު ކުރުމަށާއި ކެންސަރު ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެންސާ ސޮސައިޓީން ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ހަދިޔާކޮށްފައެވެ.
ބީއެމްއެލް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސާ ސޮސައިޓީއަށާއި "ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު