ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމުތައް ތަރައްގީކޮށްދީފިއެވެ.
އެގޮތުން ބީއެމްއެލް އިން ވަނީ އެ ސްކޫލްތަކުގެ ސެން ކްލާސްރޫމްތައް މަރާމާތު ކޮށްދީ، ކުދިން އުނގެނުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީފައެވެ. ކްލާސްރޫމްތަކަށް ހަދިޔާކުރި ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި އެހެން މީހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު މި ދެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 200 ވަރަކަށް ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ބީއެމްއެލް އިން ވަނީ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އެއްޗެހި ހަދިޔާކޮށްފައެވެ. އޭގެ އިތުރުން އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމަކާއި އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓަރު ލެބް ތަރައްގީކުރުމަށްވެސް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު