އަކްޝޭ ކުމާރު ލީޑްކުރާ "ހައުސްފުލް" ފްރެންޗައިޒްގެ ފަސްވަނަ ފިލްމު "ހައުސްފުލް 5" ގެ ފުރަތަމަ ޓީޒާ ނެރެފިއެވެ. މި ޓީޒާ ނެރެފައިވަނީ ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ނެރުނުތާ 15 އަހަރު ފުރުނު ދުވަހާ ދިމާކޮށް މިއަދު އެވެ.

1 މިނެޓާއި 16 ސިކުންތުގެ މި ޓީޒާގައި ކްރޫޒް ޝިޕެއްގެ މަންޒަރު ދައްކާފައިވެއެވެ. ފިލްމުގެ ތަރީންގެ ތެރޭގައި އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، އަބިޝޭކް ބައްޗަން، ޖެކުލިން ފަރނާންޑެޒް، ސޯނަމް ބަޖްވާ، ނަރްގިސް ފަކްރީ، ފަރްދީން ޚާން، ޝްރޭޔަސް ތަލްޕަޑޭ، ޗިތްރަންގްދާ ސިންގް، ދީނޯ މޮރޭއާ، ޗަންކީ ޕާންޑޭ، ޖޮނީ ލީވަރު، ނިކިތިން ދީރު، ސައުންދަރްޔާ ޝަރްމާ، ރަންޖީތު، ޖެކީ ޝްރޮފް، ސަންޖޭ ދަތު އަދި ނާނާ ޕާޓޭކަރު ހިމެނެއެވެ.

https://youtu.be/e2eX1HGeBFE

ޓީޒާގައި މާސްކް އަޅާފައިވާ މީހަކު ދައްކާފައިވުމުން، މި ފިލްމަކީ މަރުގެ މިސްޓްރީއެއް ކަމަށް މީހުން ލަފާކުރެއެވެ. ފިލްމުގެ "ލާލް ޕަރީ" ލަވަ ޓީޒާގައި އިވެއެވެ.

ފިލްމު ރިލީޒްވާނީ 6 ޖޫން 2025 ގައެވެ. މި ފިލްމަކީ "ކިލަރ ކޮމެޑީ" އެއް ކަމަށް ޕްރޮޑަކްޝަނުން ބުނެފައިވެއެވެ. "ހައުސްފުލް" ފްރެންޗައިޒްއަކީ އިންޑިއާގެ އެންމެ ބޮޑު ފިލްމު ފްރެންޗައިޒްތަކުގެ ތެރެއިން އެކަތި ކަމަށް ބެލެވެއެވެ.