ޗައިނާގެ ރެސްޓޯރެންޓެއްގައި ރޯވެ 22 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ އިރުދެކުނު ލިއާއޯޔަން ސިޓީގެ ރެސްޓޯރެންޓުގައި ރޯވި ހާދިސާގައި އެ ރެސްޓޯރެންޓު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހިނގި އެހާދިސާއަކީ ޗައިނާގައި ފަހުގެ ތާރީހުތަކުގައި ހިނގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
އެހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ އެއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެހާދިސާގައި އަނިޔާވި މީހުންނަށް އަވަހަށް ފަރުވާ ދިނުމަށް ގޮވާލައްވައިފައެވެ. މީގެ އިތުރުން އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި އެކަމުގައި އިހުމާލެއް ވާނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް ޝީ ވަނީ ވިދާޅުވެފައެވެ.
ރެސްޓޯރެންޓުގައި ރޯވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށް ލިއާއޯޔަން ސިޓީގެ ޕްރޮވެންޝަލް ޕާޓީގެ ސެކްރެޓަރީ ހާއޯ ޕެން ވިދާޅުވިއެވެ.
އެހާދިސާ ހިނގުމާއެކު 22 ފަޔާ ޓްރަކް އެސަރަހައްދުގައި ހަރަކާތްތެރި ވެފައިވާއިރު 85 ފަޔާފައިޓަރުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާން ރޯވި ރެސްޓޯރެންޓަކީ އާންމުންގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެއްގައި ހުރި ރެސްޓޯރެންޓެއް ކަމުން އާންމުނާއި ރެސްކިއު ޓީމުތަކުން ގުޅިގެން އެސަރަހައްދު ހުސްކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ