ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ފައިނޭންސިންގެ ދަށުން ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިން ލިބޭނެ ކަމަށެވެ. ބީއެމްއެލުން ބުނީ އެ ފެސިލިޓީގެ ދަށުން 30 މިލިއަން ރުފިޔާއާ ހަމައަށް ވިޔަފާރިތަކަށް 12 ޕަސަންޓު ރޭޓުގައި ލޯނު ލިބެން ހުންނާނެ ކަަމަށެވެ.
އަދި ގްރޭސް ޕީރިއަޑަކާއެކު ލޯނު އަނބުރާ ދައްކަން ލުއިފަސޭހަ ގޮތްތަކެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިއަކީ ވިޔަފާރިތައް ބާރުވެރިކުރުވުމަށް ތައާރަފުކުރި ފައިނޭންސިންއެއް ކަމަށެވެ. އެ ފައިނޭންސިންއާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އާ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗާ އިންވެސްޓުމެންޓަށް އަދި ދެމެހެއްޓެނެވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ގޮތަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް