ގްރެޓާ ގަރްވިގް ޑައިރެކްޓްކުރާ "ނާނިއާ" ފިލްމުގައި އެމާ މެކީ ވައިޓް ވިޗްގެ ރޯލުން ފެންނާނެ ކަމަށް އިއުލާނުކޮށްފިއެވެ. މި ފިލްމު ނެޓްފްލިކްސްގައި ދައްކަން ފަށާނީ އަންނަ އަހަރުގެ ކްރިސްމަސް ދުވަހުއެވެ.

ފިލްމު ބިނާވެފައިވަނީ ސީއެސް ލުއިސްގެ "ދަ މެޖީޝަންސް ނެފިއު" ފޮތުގެ މައްޗަށެވެ. މި ފިލްމުގައި ޑެނިއަލް ކްރެއިގް ފެންނާނީ ޑިގޮރީ ކާކްގެ ބޮޑުބޭބެގެ ރޯލުންނެވެ. އަދި މެރިލް ސްޓްރީޕް އަޑު އިއްވާނީ އަސްލާން ދަ ގްރޭޓްގެ ދައުރަށެވެ.

ގްރެޓާ ބުނެފައިވަނީ ނާނިއާ ފިލްމަކަށް ހެދުމަކީ ބިރުވެރި ކަމެއް ކަމަށެވެ. މި ފިލްމު އައިމެކްސް ތިއޭޓަރުތަކުގައި 2 ހަފުތާ ވާންދެން ދެއްކުމަށްފަހު ނެޓްފްލިކްސްގައި ދައްކަން ފަށާނެއެވެ. މިއީ ކުރިން ޑިޒްނީއިން ނެރެފައިވާ ނާނިއާ ފިލްމުތަކާ ތަފާތު، އާ ގޮތަކަށް ހަދާ ފިލްމެކެވެ.