ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
'ވަން' އަށް އެނގިފައިވާ ގޮތުގައި މިއަދު ވަނީ ޕޮލިސް ބޯޑުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އިސްތިއުފާ ދެއްވަން ނިންމެވިކަން ޝުޖާއު އިއުލާން ކުރެއްވީ އެ ބައްދަލުވުމުގަ އެވެ.
ޝުޖާއުގެ އިސްތިއުފާ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް މިހާރު ވަނީ ފޮނުއްވާފައިވާ ކަމަށްވެސް 'ވަން' އަށް އެނގިފައިވެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ނޭނގެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމުން ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވަން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
މުހައްމަދު ސިމާއު
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް