ޕީއެސްޖީން ބަލިނުވެ، ފްރާންސް ލީގު ނިންމާލަން ކުރި މަސައްކަތް ނީސްއިން ނާކާމިޔާބު ކޮށްލައިފިއެވެ.

މިހާރުވެސް ލީގު ޔަގީންވެފައި އޮތް ޕީއެސްޖީއަށް ބާކީ ހަތަރު މެޗު އޮއްވާ، ރޭ ނީސް ކައިރިން އަމިއްލަ ދަނޑުގައި ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީ ރޭ ބަލިވީ މި އަހަރުގެ ލީގުގައި މިހާތަނަށް ކުޅެފައި އޮތް 30 މެޗުން ބަލިނުވެ އޮއްވައެވެ.

މިހާތަނަށް އެއްވެސް ޓީމަކުން ބަލިނުވެ ފްރާންސް ލީގު ނަގާފައެއް ނުވެއެވެ. ޕީއެސްޖީން އެ ތާރީހު ލިޔެލަން ކުރި މަސައްކަތް ނާކާމިޔާބުވި މެޗުގެ ފުރަތަމަ ލީޑު ނެގީ ނީސްއިންނެވެ. އެއީ މޯގަން ސަންސޮންއެވެ.

އެ ގޯލާއެކު ނީސްއިން ލީޑު ކުރަމުން ދިޔަ ނަމަވެސް، ހާފު ނިމުމުގެ ކުރިން ފަބިއަން ރުއީޒް ވަނީ ހާފު ނިމުމުގެ ކުރިން މެޗު އެއްވަރު ކޮށްފައެވެ.

އޭގެފަހުން ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އަނެއްކާވެސް ސަންސޮން ޖެހި ގޯލުން ނީސް ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އޭގެފަހުން ނީސްގެ ޔޫސުފް ޑަޔީޝިމީމިޔޭ އިތުރު ގޯލެއް ޖަހައި އެޓީމަށް ލީޑު ފުޅާކޮށްދިން އިރު، އެޓީމުން ވަނީ ތިން ޕޮއިންޓާއެކު ޗެމްޕިއަންސް ލީގުގެ އުންމީދު އާކޮށްފައެވެ.

ނީސް މިވަގުތު ހަތަރު ވަނައިގައި އޮތީ 31 މެޗުން 54 ޕޮއިންޓާއެކުގައެވެ.