ހޮލިވުޑްގެ ތަރި ޓޮމް ކްރޫޒްގެ އެންމެ ފަހުގެ ފިލްމު "މިޝަން: އިމްޕޮސިބަލް - ދަ ފައިނަލް ރެކޮނިން" އިންޑިއާގައި ޕްރިމިއާ ކުރަން ނިންމައިފިއެވެ.

ޕެރަމައުންޓް ޕިކްޗާސް އިންޑިއާ އިން ބުނި ގޮތުގައި އެ ފިލްމު އިންޑިއާގައި ދައްކަން ފަށާނީ 17 މެއި 2025 ގައެވެ. މިއީ ކުރިން ރާވާފައިވާ ތާރީހަށްވުރެ 6 ދުވަސް ކުރިއެވެ. ފިލްމު އިންޑިއާގައި ދައްކާނީ އިނގިރޭސި، ހިންދީ، ޓެމިލް އަދި ތެލުގޫ ބަހުންނެވެ.

https://www.instagram.com/p/DI22ZLvim-r/?igsh=djV2dXg3N3Z6cHdo

މި ހަބަރާ ގުޅިގެން ބައެއް ފޭނުން ވަނީ ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައިވެސް 17 މެއިގައި ފިލްމު ދެއްކުމަށް އެދިފައެވެ.