މިހާރު ކުރިއަށްދާ 12 ވަނަ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހައި ޖަމްޕް އިވެންޓްގައި ވާދަކޮށް 16 އަހަރުގެ ޔޫސުފް ނައިކް ވަޖީހު، 16 އަހަރުވީ ރާއްޖޭގެ ފިރިހެން ހައި ޖަމްޕް ގައުމީ ރެކޯޑް މުގުރާލައިފިއެވެ.
ނައިކް މިއަދު މުގުރާލީ، 16 އަހަރު ވަންދެން އަހުމަދު ޒަބީރު (ޒަބީ) އަތުގައި އޮތް ރެކޯޑެކެވެ. މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ޒަބީ އަތުގައި އޭރު ރެކޯޑޫ އޮތީ 1.85 މީޓަރު އުހަށް ފުންމައިގެންނެވެ.
މިއަދު ނައިކް ރެކޯޑު މުގުރާލީ 1.88 މީޓަރު އުހަށް ފުންމައިގެންނެވެ.
މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ބުރާސްފަތި ދުވަހު ފަށާފައިވާ އިރު، މިއަދުވެސް ފައިނަލްތަކެއް ކުރިއަށް ގޮސްފައިވެއެވެ. ފިރިހެން 16 އަހަރުން މަތީގެ 200 މީޓަރު ފިރިހެން ރަން މެޑަލް އާދަމް ރިއްފަތު ހޯދި އިރު، އަންހެން 200 މީޓަރު ރަން މެޑަލް ހޯދީ އައިމިނަތު އައުހާ އަބްދލް ރަހުމާނެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް