ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ބީއެމްއެލް ސްޓާފް އެވޯޑްސްގައި "އެމްޕްލޯއީ އޮފް ދަ އިޔާ"ގެ ޝަރަފުވެރި އެވޯޑު ހޯދީ އެ ކުންފުނީގެ ފައިނޭންޝަލް ޓްރާންސެކްޝަންސް ޑިރެކްޓަރު ހުޒާއަތު އަލީ އެވެ.
"ސީއީއޯ އެވޯޑު ފޯ އައުޓްސްޓޭޑިން އެޗީވްމަންޓް އެވޯޑު" ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއެސް ހުސައިން ރަޝީދާއި ހެޑް އޮފް ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު ހޯދި އިރު، "ލީޑާޝިޕް އެކްސެލެންސް އެވޯޑު" ހޯދާފައިވަނީ ޑިޖިޓަލް - ޓެކްނޮލޮޖީ ޑިވިޝަންގެ އިންޗާޖް މުހައްމަދު ސާވީ ފަތުހުﷲ އެވެ.
ބީއެމްއެލުން ބުނީ އެ އެވޯޑުތަކުގެ އިތުރުން މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޓީމުތަކަށް ބެސްޓް ޑިވިޝަނަލް އެމްޕްލޯއީ، އިމާޖިން ޓެލެންޓް، ކަސްޓަމާ ސާވިސް އެކްސެލެންސް، އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް ފަދަ ގިންތިތަކުން ވެސް އެވޯޑުތައް ދީފައިވާ ކަމަށެވެ.
މުވައްޒަފުންނާ އެ އެވޯޑުތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީތަކުގެ ފަހަތުގައި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށެވެ.
"ތިޔަ މުވައްޒަފުންގެ ހިތްވަރާއި އުފެއްދުންތެރިކަމާއި ސާބިތު އަޒުމަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޮޕްމަންޓް ޕްރޮގްރާމުތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތީން ތަފާތު ޕްރޮގްރާމުތައް އަޅުގަނޑުމެން ވަނީ ތައާރަފުކޮށްފައި. މި ބަދަލުތަކުން ދައްކުވައިދެނީ ކޮންމެ މުވައްޒަފަކަށް ވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާ، ބީއެމްއެލުން އަބަދުވެސް މަސައްކަތްކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް