އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާގެ މައްސަލައިގައި މިހާރު އޭނާ އާއެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. އޭނާގެ ހާލު ދެރަވެ ވެންޓިލޭޓަރަށް ލާފައިވަނީ ޖެހިގެން އައި ދުވަހުއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޔުމްނު އަދި ޔުމްނު ވެއްޓުނުއިރު އޭނާއާއެކު އުޅުނު ރައުދު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ދެ މީހުން އިތުރު ބާވަތެއްގެ މަސްތުވާއެއްޗެއްވެސް ބޭނުންކުރިކަމަށް ބެލެވޭކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ މި މައްސަލައިގައި ރައުދުގެ ފަރާތުން ތަހުގީގަށް އެއްބާރުލުން އެންމެ ރަނގަޅަށް ލިބެމުންނުދާތީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި މައްސަލައާ ގުޅިގެން ވަނަވަރު އާންމުކުރި ހުރިހާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.
"އެއް ބަޔެއްގެ ގޮތުގައި އެ ރޭގައި ހޭދަކުރި މި ދެންނެވި މީހުންގެ ވެސް، މި މައްސަލައާ ގުޅުން އޮވެދާނެ ކަމަށް ބަލާފައި އެހެން މީހުން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރު އަޅުގަނޑުމެންނަށް ލިބިފައި،" ޝުޖާއު ވިދާޅުވިއެވެ.
އޭގެ ތެރެއިން ދެ މީހެއްގެ ކުށުގެ ރިކޯޑު އޮންނަކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާއިރު އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސް ކުރަމުންދާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް