ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ހާއްސަކޮށްގެން މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ބޯޑް މެންބަރެއްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މީގެ ކުރިން މީރާގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލްގެ މަގާމު އަދާކުރެއްވި އަހުމަދު އަލީ ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑް މެންބަރު ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާއަކީ އެ ބޭންކުގެ ބޯޑް މެންބަރު ކަމަށް އައްޔަންކުރި ހަމައެކަނި ދިވެހި ބޭފުޅާ އެވެ.
ޕީސީބީން މިއަދު ބުނީ، އަހުމަދު އަލީ އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ އިއްޔެ ކަމަށާއި އެހެންވެ އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އަހުމަދު އަލީ އިސްތިއުފާ ދެއްވި އިރު، ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.
ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައި ވަނީ މޭމަހުގެ 16ވަނަ ދުވަހު އެވެ.
މުހައްމަދު ސިމާއު
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް