ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ގާޒާގައި 39 މީހުން މަރާލައިފިއެވެ.
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި އިއްޔެ ވަނީ ގާޒާގައި ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ އާންމުން ތިބި ސްކޫލެއްގެ ވަގުތީ ހިޔާއަށް ހަމަލާދީ 13 މީހަކު މަރާލައިފައެވެ.
ގާޒާގެ ސިވިލް ޑިފެންސުން ވަނީ އެ ހަމަލާގައި ވެއްޓުނު އިމާރާތުގެ ދަށުގައި ހަމީހަކު ތާށިވެފައިވާކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވަނީ ގާޒާއިން 39 މީހަކު މަރު ވެފައިވާކަމަށާއި 105 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.
އިސްރާއީލުން ގާޒާއަށް ހަމަލާ ދިނުން ހުއްޓާނުލައި ކުރިޔަށްގެންދާއިރު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ ހަމާސް އިން ހިފަހައްޓާފައިވާ އަސީރުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ. އަދި ބަދަލެއްގެ ގޮތުން އިސްރާއީލުން ގާޒާ ދޫކޮށް ދިއުމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ގޮވާލައްވައިފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ