ދިރާގުން މި ރަމަޟާން މަހު ކުރިއަށްގެންދިޔަ ކަރާ ފަޅައިގެން އިނާމު ހޯދުމުގެ ޕްރޮމޯޝަނުގެ އެންމެ ހާއްސަ އިނާމު ކަމުގައިވާ ސްވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފިއެވެ.
އެ އަގުހުރި އިނާމު ލިބުނު މުހައްމަދު އިއުތިމަން އަލީއަށް އިނާމު ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފުލާގައި، ދިރާގުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ ރަމަޟާން މަހު ދިރާގުން ވަނީ ކޮންމެ ދުވަހަކު ދިރާގުއެޕް އިން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހުޅުވާލައިފައެވެ. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑްސް، ސެމްސަން އެސް 25 ފޯން، އެއް ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެއެވެ.
ސްވިޒަލޭންޑް ދަތުރުގެ އިނާމުގެ ނަސީބުވެރިޔާ އިއުތިމަން ބުނީ ދިރާގުއެޕް އިން ކަރާ ފަޅާލައިގެން މިހާ ފަސޭހައިން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް ހީވެސް ނުކުރާ ކަމަށެވެ.
"އިނާމު ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުނުކުރެވުނު ކަމުގައިވިޔަސް، ވަރަށް ބޮޑަށް އުފާވި. ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް، އަދި މިކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނާ ހަމައަށް އަގުހުރި އިނާމުތަކާއި އުފާވެރި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު
30 އަހަރަށްވުރެ ގިނަދުވަސް ވީ އިރުވެސް އިނާމެއްގަ ލައްވާ ނުލާ.ކީއްވެ ވަކި ބަޔަކަށް ދޭން ނިއްމާފަ އޮއްނަތީ.
އެކުވެރި - 1 އަހަރު ކުރިން