އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަޝްމީރުގެ ޕަހަލްގަމްގައި ފަތުރުވެރިންނަށް އަމާޒުކޮށް ބަޔަކު ދިން ބަޑީގެ ހަމަލާގައި 26 މީހަކު މަރުވެ، ގިނަ ބަޔަކަށް ވަނީ ޒަހަމުވެފައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަހަލްގަމްގައި އިއްޔެ ދިން ޓެރަރިސްޓް ހަމަލާގައި ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމުވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ސާބިތުވެ ހުންނާނެ ކަމަށާއި މި ދަތި ދަނޑިވަޅުގައި އަސަރުކޮށްފައިވާ އާއިލާތަކާއެކު ދިވެހިން ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ހަމަލާއަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށެވެ.
ކަޝްމީރު ރެސިސްޓަންސް ފްރަންޓް (ޓީއާރުއެފް) ޖަމިއްޔާއިން އެ ހަމަލާގެ ޒިންމާ ނަގާފައިވާ އިރު، އެ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ސަލާމަތީ ބާރުތަކުން އަންނަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު