ހޮލީވުޑް ތަރި ބެން އެފްލެކް އޭނާގެ 13 އަހަރުގެ ދަރިފުޅު ސެމުއެލްއަށް 6,000 ޑޮލަރުގެ ސްނީކަރެއް ގަނެދިނުމަށް އިންކާރުކޮށްފިއެވެ. އެފްލެކް ބުނެފައިވާ ގޮތުގައި، އޭނާ ބޭނުންވަނީ ދަރީންނަށް ފައިސާގެ އަގު ވަޒަންކުރަން ދަސްކޮށްދޭށެވެ.

އެފްލެކް ބުނީ އޭނާގެ ދަރިފުޅު އަތުގައި ފައިސާ ނެތް ކަމަށާއި، ދަރީން އަމިއްލައަށް މަސައްކަތްކޮށްގެން ބޭނުންވާ އެއްޗެހި ހޯދަން ދަސްކުރާން ޖެހޭނެ ކަމަށެވެ. އޭނާގެ ބޮޑު ދެ ދަރީން މަސައްކަތްކޮށް މުސާރަ ހޯދާ ކަމަށް ވެސް ބުނެފައިވެއެވެ. ސެމުއެލް ކައިރީ ބެން ބުނެފައިވަނީ 1,000 ގަޑިއިރު މަސައްކަތްކޮށް ފައިސާ ހޯދުމަށެވެ.

އެފްލެކް މިހާރު މަސައްކަތްކުރަމުން އަންނަނީ އޭނާގެ އާ ފިލްމު "ދަ އެކައުންޓަންޓް 2" ޕްރޮމޯޓްކުރުމުގައެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ ހުކުރު ދުވަހުއެވެ.