އެމެރިކާއަށް އެތެރެކުރާ ސޯލާ ޕެނަލުގެ ޓެރިފް 3،521 ޕަސަންޓަށް ބޮޑުކޮށްފިއެވެ.
އެމެރިކާއިން އެ ގައުމަށް އެތެރެކުރާ ބޭރު ގައުމުތަކުގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރަމުން ގޮސް ބައެއް ގައުމުތަކާ ދެކޮޅަށް އިގުތިސާދީ ހަނގުރާމަ އިއުލާންކޮށްފައިވާ އިރު، އެ ގައުމުން އެކަމުގައި އެންމެ ބޮޑަށް ޓާގެޓް ކޮށްފައިވަނީ އޭޝިއާގެ ގައުމުތަކަށެވެ.
އެމެރިކާއަށް އެތެރެކުރާ މުދަލުގެ ތެރެއިން ސޯލާ ޕެނަލުން ނަގާ ޓެރިފަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.
އެމެރިކާ ސަރުކާރުގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ އެގައުމަށް އެތެރެކުރާ ސޯލާ ޕެނަލުން ނަގަމުންދިޔަ ޓެރިފް 3،521 ޕަސަންޓަށް ބޮޑުކުރުމަށް ނިންމައިފައެވެ. އެ ނިންމުމުގައި ފާހަގަކޮށްފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ ސޯލާ ޕެނަލުން ޓެރިފް ބޮޑުކުރުމަށް ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.
އޮފިޝަލުން ބުނީ އެމެރިކާއިން އެގޮތަށް ނިންމާފައިވަނީ އެގައުމަށް މައިގަނޑުގޮތެއްގައި އެގައުމަށް ސޯލާ ޕެނަލް އެތެރެކުރާ ކެމްބޯޑިއާ އާއި ތައިލެންޑުގެ އިތުރުން މެލޭޝިއާ އަދި ވިއެޓްނާމުން އެތެެރެކުރާ ޕެނަލްތަކަކީ ޗައިނާއިން އުފައްދާފައިވާ ދަށް ކޮލިޓީގެ ޕެނަލްތައް ކަމަށާއި އެއީ އެކަން ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އެމެރިކާއިން ޓެރިފް ބޮޑުކުރުމަށް ނިންމާފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި އެ ގައުމުތަކުގެ ވަކިވަކި ކުންފުނިތަކުން އުފައްދާ ޕެނަލްތަކުން ޓެރިފް ވަކިން ނެގުމަށް ނިންމާފައިވެއެވެ.
އެމެރިކާއާއި ޗައިނާ ދެ ގައުމު ދެމެދު ޓެރިފް ކަންކަމުގައި ހަނގުރާމަ އިއުލާންކޮށް ދެ ގައުމުން ޓެރިފް ބޮޑުކުރަން ފަށާފައިވާ އިރު، އެމެރިކާއިން ވަނީ އެގައުމަށް އެތެރެކުރާ ޗައިނާގެ މުދަލުން 245 ޕަސަންޓަށް ޓެރިފް ބޮޑުކުރުމަށް ނިންމައިފައެވެ. ޗައިނާއިން ވަނީ އެެމެރިކާއިން އެގައުމަށް އެތެރެކުރާ މުދަލުން 125 ޕަސަންޓަށް ޓެރިފް ބޮޑުކުރުމަށް ނިންމައިފައެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ