މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހުރުމާއި ކެއުން ދޭގޮތަށް 60 މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.
އެމްޓީސީސީން މުވައްޒަފުން ހޯދަނީ ތިން މަގާމަކަށެވެ.
އެއީ ޓެކްނިކަލް އެސިސްޓެންޓުގެ މަގާމަށް 20 މުވައްޒަފުން، ކާޕެންޓަރުގެ މަގާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަގާމަށް 20 މުވައްޒަފުންނެވެ. މުޅި ޖުމުލަ 60 މުވައްޒަފުންނެވެ.
އެ ވަޒީފާތަަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޓެކްނިކަލް އެސިސްޓެންޓް، އަސާސީ ތައުލީމު ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި ކާޕެންޓަރުންނާއި މޭސަނުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ޓެކްނިކަލް އެސިސްޓެންޓެންޓުގެ މުސާރައަކީ 10،000 ރުފިޔާއެވެ. ކާޕެންޓަރުންގެ މުސާރައަކީ 11،400 ރުފިޔާއެވެ. އަދި މޭސަނުންގެ މުސާރަަކީ 11،400 ރުފިޔާއެވެ.
އެމްޓީސީސީން ބުނީ ވަޒީފާ އަދާކުރަންޖެހޭ ތަން ކަނޑައަޅަނީ އެ ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ކަމަށެވެ.
އެ ވަޒީފާތައް ހަމަޖެހޭ ފަރާތްތަކަށް އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ، ސްޓާފް މެޑިކަލް އިންޝުއަރެންސް، ޕެންޝަން ސްކީމް، ކެއުމާއި ހުރުމުގެ އިންތިޒާމު ކުންފުނީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެމްޓީސީސީގެ އިއުލާނުގައިވެއެވެ.
އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވަޒީފާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާގެ 23:59ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ