މިއަދު ފެށި އޯލެވެލް އިމްތިހާނުގައި ކާމިޔާބު ހޯދާ ދަރިވަރުން، މި ގައުމު ފަހުރުވެރިވާނެ ހިދުމަތްތެރި ދަރިންތަކަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިމްތިހާނު ފެށުމާ ގުޅިގެން އެކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވީ، އެމަނިކުފާނު އެދިވަައިގަންނަވަނީ އެސްއެސްސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި 8364 ދަރިވަރުންނަށް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިހާނުގެ މުއްދަތު ވެގެންދިއުން ކަމަށެވެ.
އަދި އެ މަނިކުފާނު އެދިވަޑައިގަންނަވަނީ، ތޫނުފިލިކަމާއެކު ފަސޭހައިން އިމްތިހާނުގެ ސުވާލުތަކަށް ޖަވާބުދެވުން ކަމަށާއި، ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް އެ ކުދިންނަށް ހާސިލުވުން ކަމަށްވެސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެއިން ކޮންމެ ކުއްޖަކުވެސް އިމްތިހާނުގައި ކާމިޔާބީ ހޯދައި، މި ގައުމު ފަހުރުވެރިވާނެ ހިދުމަތްތެރި ދަރިއަކަށްވާނެ ކަމަށެވެ.
ރައީސް ވަނީ އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަަސައްްކަތުގައި ބަރަކާތްލެއްވުމަށް އެދި ދުއާކުރައްވައިފައެވެ.
"މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައިވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުއާކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު ފެށި އޯލެވެލް އިމްތިހާނު ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށްދާނެއެވެ. އެއީ މާލެ ސަރަހައްދުގެ 23 ސެންޓަރަކާއި، އަތޮޅުތެރޭގެ 237 ސެންޓަރެކެވެ.
މިއަހަރު އެންމެ ފުރަތަމަ އޮންނާނީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. އޯ ލެވެލްގެ އިމްތިހާނުތައް ޖޫން މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު