ކޮންމެ ދެ ދުވަހުން އެއްދުވަހު ސްމާޓް ހޯމް ކިޓެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން އިއުލާނުކޮށްފިއެވެ.
ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަރަށް ފަސޭހައިން ބައިވެރިވުމުގެ ފުރުސަތު އޮތް ޕްރޮމޯޝަނެއް ކަމަށެވެ.
އެގޮތުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެންމެ 200 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ބިލު ދައްކައިގެން ނުވަތަ ރިޗާޖުކޮށްގެން މި އަގުހުރި އިނާމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 30ގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މިއީ ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު އަދި ބޭނުންތެރި ވަސީލަތްތައް ހިމަނައިގެން ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.
ދިރާގުން ދޭ ސްމާޓް ހޯމް ކިޓުގައި ހިމެނޭ ތަކެތި:
- އައުޓްޑޯ ކެމެރާ
- އިންޑޯ ކެމެރާ
- ޑޯބެލް ކެމެރާ
- ދިރާގު އޮރެންޖެ ބޮކްސް
ދިރާގުން އަންނަނީ މިފަދަ ޕްރޮމޯޝަންތައް ހިންގައި، އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު